ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ޕަވަރ ޓޫލްސްގެ ނީލަން 06 ޖޫން 2021 ވަނަ ދުވަހު ސިޓީލާ ނީލަމުގައި ފެށޭނެވާހަކަ ދަންނަވަމެވެ.
ނީލަން ނަމްބަރ |
ބާވަތް |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ނީލަން ފެށޭއަގު |
އިތުރުކުރެވޭއަގު މަދުވެގެން |
S-07/2021 |
Power Tools |
ހަލާކުވެފައި |
އެމް.ޓީ.ސީ.ސީ ބޯޓްޔާރޑް (ކ.ތިލަފުށި) |
3,000.00 |
500.00 |
ވީމާ ، ޕަވަރ ޓޫލްސްގެ ނީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހަޅާ ސިޓީ ފޮނުއްވާނީ ޓްރޭޑިންގ ޑިޜިޝަން ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ) އަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން މިޑިޜިޝަންގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.