ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

                                       

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 07 ޖޫން 2021 އިން 13 ޖޫން 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 11:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖޫން 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގެ އޮފީހުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 20 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގެ އޮފީހުގައެވެ.

 

  1. ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދޫސްކޫލް

ގދ. ފަރެސްމާތޮޑާ

ފޯން: 7983085

އީ-މެއިލް: admin@huvadhooschool.edu.mv

07 ޖޫން 2021

26 ޝައްވާލް 1442                

07 ޖޫން 2021
ހޯދާ