ދިވެހިރާއްޖެ
ތިރީގައި ދަންނަވާފައި އެވާ 05 ސަރަޙައްދު ވަރުވާއަށް ދިނުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ، މިބިންތައް 05 (ފަހެއް) އަހަރަށް ވަރުވާއަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
# |
ގޮޅި |
ސަރަޙައްދު |
ފެށޭ އަގު |
1 |
އެއް ނަންބަރު ގޮޅި |
އަމީނީމަގު (ބޮޑުމަގު) ގެ އުތުރުފަޅި |
2000/- |
2 |
އުނިގަސްމަގު ރުއްގަނޑު |
އުނިގަސްމަގުގެ ދެކުނުން، އުނިގަސްމަގުން މިސްކިތައްދާމަގު (ލައްބޮޑުބެ ހިނގާމަގު) އުތުރުން، އުނިގަސްމަގު ހޫނުފަސްގަނޑާދިމާއިން މިސްކިތައްދާ މަގުގެ އިރުން |
5000/- |
3 |
ބަނދަރު ރުއްގަނޑު |
މާގާންފުޅުވަށައިގެން ހުރި ރުއްތަކާއި ބަނދަރުގައިހުރި ރުއްތައް (ބާބަކިޔު ސަރަޙައްދާ ހަމަޔަށް ދެކުނަށް) |
2000/- |
4 |
ހަތް ނަންބަރު ގޮޅި |
ސީނިޔާމަގުގެ ދެކުނުން، ބޯށިމަގުގެ ދެކުނާ ދެމެދުގައިވާ ސަރަޙައްދު |
2000/- |
5 |
ހަތަރު ނަންބަރު ގޮޅި |
ބޯށިމަގުގެ އުތުރުން، އަމީނީމަގުގެ ދެކުނާ ދެމެދުގައިވާ ސަރަޙައްދު |
500/- |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތުދިނުން |
އަންދާސީހިސާބު ހުށަހެޅުން |
20 ޖޫން 2021 (އާދީއްތަ) 11:00 |
28 ޖޫން 2021 (ހޯމަ) 11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް: info@nolhivaran.gov.mv