ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ޔުނީފޯމު ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ފުނަދޫ ސްކޫލް

 

     ފުނަދޫ،

   ދިވެހިރާއްޖެ.

                                     އިޢުލާން ނަންބަރ: (IUL)GS-59-B/INDIV/2021/17

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ޔުނީފޯމް ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިސްކޫލުގެ ދަރިވަރުންގެ ޔުނީފޯމް ފެހުމަށް ބޭނުންވާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ   ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 16 ން 22 ގެ 8:00 ން 14:00 އާއި ދެމެދު ( ރަސްމީގަޑީގައި ) ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.

2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން admin@funadhooschool.edu.mv  ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7536273 ފޯނާއި ގުޅުއްވުން އެދެމެވެ.

3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޖޫން 23 ވާ ބުދަ ދުވަހު ހެދުނު 11:00 ގައި ފުނަދޫ ސްކޫލުގައެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2021 ޖޫން 30 ވާ ބުދަ ދުވަހު މެންދުރު 13:00 ގައި  ފުނަދޫ ސްކޫލުގައެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.

ފުނަދޫ ސްކޫލް،

ރެހެންދިމަގު / ށ.ފުނަދޫ

ފޯން: 6540540

އީމެއިލް: admin@funadhooschool.edu.mv

 

 

16 ޖޫން 2021

16 ޖޫން 2021
ހޯދާ