މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައި ކޮށްދޭނެ ފަރާތެށް ހޯދުމަށް

އިޢުލާން

                                                      ނަންބަރު: MMS-A/2021/8

މިސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

           މިސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، އޮފީހުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތަށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގު ވެރިވެ ލައްވާ ފަރާތްތަކުން 2021 ޖޫން 30 ވާ ބުދަ ދުވަހުގެ11:00  އަށް ހުޅުލޭ  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.  އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް info@met.gov.mv އަށް 28 މޭ 2021 ވާ ހޯމަ ދުވަހުގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

 

އެއަރ ކޮންޑިޝަންގެ ޢަދަދާއި ތަފްސީލް:

ބޭނުންވާތަން

ބޭނުންވާ އަދަދު

ސައިޒް

ޓައިޕް

ތަފްސީލް

#

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސ.ގަން މެޓް އޮފީސް

01

24000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

1

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ހަނިމާދޫ މެޓް އޮފީސް

01

24000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

2

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ކައްދޫ މެޓް އޮފީސް

01

24000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

3

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސްޓޮކް ރޫމް

01

18000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

4

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސަރވަރ ރޫމް

01

18000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

5

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ހަނިމާދޫ ކަލައިމެޓް އޮބްޒަރވޭޓްރީ

01

24000 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

6

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ހަނިމާދޫ ސިސްމިކް ސްޓޭޝާން

01

9000

 BTU

ވޯލް މައުންޓް

އެއަރކަންޑިޝަން އިންވާޓަރ

7

 

 

 

  • މަތީގައިވާ ގޮތަށް 07 އެއަރކަންޑިޝަންއަށް، ހަރުކުރުމުގެ އަގާއި އެކު އެސްޓިމޭޓް ހުށައެޅުއްވުން.
  • އެސްޓިމޭޓް ހުށައަޅުއްވާ އެއަރ ކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާއިރު، އެއަރ ކޮންޑިޝަންތަކުގެ ރޭޓް އަދި އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެގެން އޮންނަން ވާނެއެވެ.
  • އެއަރ ކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.

 

  • އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
  1. ކުންފުނީގެ ޕްރޮފައިލް
  2. ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
  3. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  4. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.

 

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

 Minimum Quoted Price) / (Quoted Price) x 70)

70

  1. މުއްދަތު:  Shortest Delivery Period) / (Quoted Delivery Period) x 15)

15

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 1 ޕޮއިންޓްގެ ރޭޓުންނެވެ)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ.

05

  1. ވޮރަންޓީ:

10

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
  3. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

                                                 

16 ޖޫން 2021
ހޯދާ