ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/103)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން އަށް ބޭނުންވާ "ކޮރުގޭޓަޑް ފްލެކްސްސސިބަލް ޕައިޕް" ސަޕްލައި ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ
މި ކޯޕަރޭޝަންގެ ބޭނުމަށް ކޮރުގޭޓަޑް ފްލެކްސްސސިބަލް ޕައިޕް ގަންނަން ބޭނުންވެއެވެ. ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ޑެލިވަރ ކުރަން ޖެހޭތަން: އާރ.ޑީސީ. ސައިޓް، މާލެ'
ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ 2 ލޮޓްގެ ތެރެއިން މަދުވެގެން 1 ލޮޓަށް ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ. 2 ލޮޓް އިވެލުއޭޓް ކުރާނީ ވަކިންނެވެ.
މި ކޯޕަރޭޝަންގެ ޕޮލިސީގައި ވާ ގޮތުގެ މަތިން ކްރެޑިޓް މުއްދަތަކީ 30 ދުވަހެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.
2- ހުށަހަޅާ ޕްރޮޑަކްޓްގެ ޓެކްނިކަލް ޕްރޮޕޯސަލްތައް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަވެސް ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.
3- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 24 ޖޫން 2021 (ބުރާސްފަތި) ދުވަހުގެ 12:00 ޖެހުމާއި ހަމަޔަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ހުރިހާ ފަރާތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ. ( ޖަވާބުތައް ބޭނުންފުޅުވާ އިތުރު ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެލް އަކުން އެންގެވުމުން ޖަވާބުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
- މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 22 ޖޫން 2021 (އަންގާރަ) ދުވަހުގެ 14:00 އާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ.
- ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.
- އިއުލާން ނަންބަރ
- ނަން
- ކޮމްޕެނީ ނަން
- ނަންބަރ
- އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް)
ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ޖޫން 2021 (ބުދަ) ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv