ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( ހުޅުމާލެ އެކޮމަޑޭޝަން ފެސިލިޓީ)
މިކޯޕަރޭޝަންގެ ހުޅުމާލެ އެކޮމަޑޭޝަން ފެސިލިޓީގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސެކިއުރިޓީ ގާޑް |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް 01 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯރޓް ސްޓާފް - ގްރޭޑް 5 |
މުސާރަ: |
މަހަކު 3500.00ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ - އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ އެކޮމަޑޭޝަން ފެސިލިޓީ |
ފެންވަރު ނުވަތަ ޝަރުތު: |
- ލިޔަން ކިޔަން އެނގުން - ދިވެއްސެއް ކަމުގައިވުން - އުމުރުން 50 އަހަރަށްވުރެ މަތިނުވުން |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ފެސިލިޓީގެ ސެކިއުރިޓީ ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރުން - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން. - މަސައްކަތްކުރާ ސައިޓް ތަކާއި އޮފީސް އިމާރާތަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން. - ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް އެންގުން. - ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުން. - ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ރިޕޯޓްކުރުން. |
މަޤާމް: |
- ސަޕޯރޓް ސްޓާފް |
ބޭނުންވާ އަދަދު: |
- 02 (ދޭއް) |
މަޤާމުގެ ގިންތި: |
- ކޮންޓްރެކްޓް 01 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު) |
ކްލެސިފިކޭޝަން / ރޭންކް: |
- ސަޕޯރޓް ސްޓާފް - ގްރޭޑް 5 |
މުސާރަ: |
- މަހަކު 3500.00ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- އެހެނިހެން އެލަވަންސް : 3500.00 ރުފިޔާ - އިތުރުގަޑީގެ ފައިސާގެ ގޮތުގައި އަސާސީ މުސާރައިގެ 100 ޕަސެންޓް ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ އެކޮމަޑޭޝަން ފެސިލިޓީ |
ފެންވަރު ނުވަތަ ޝަރުތު: |
- ލިޔަން ކިޔަން އެނގުން - ދިވެއްސެއް ކަމުގައިވުން - އުމުރުން 50 އަހަރަށްވުރެ މަތިނުވުން |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ފެސިލިޓީގެ އެތެރެއާއި، ގޯތި ތެރެ ހިމެނޭ ސަރަޙައްދު ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން - އެކޮމަޑޭޝަން ފެސިލިޓީތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުން - ލޯންޑަރީގެ މަސައްކަތްތައް ކުރުމާއި ހައުސްކީޕިން މަސައްކަތްތަކުގައި ބައިވެރިވުން - ފެސިލިޓީތަކުގެ ފޮޅާ ސާފު ކުރުމުގެ އެއްމެހާ މަސައްކަތް ކުރުން |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. 2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) 4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް. 5. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް. |
އިންޓަވިއު: |
- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ޖޫން އާއި ޖުލައި މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
06 ޛުލްޤައިދާ 1442
16 ޖޫން 2021