ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)10-F/10/2021/72
އިޢުލާން
މި މިނިސްޓްރީއަށް 7 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވާތީ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
- ބީލަމުގެ ނަން/ އިޢުލާނު ނަންބަރު
- ބީލަން ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން
- ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް
- ބީލަން ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 29 ޖޫން 2021 ވަނަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
10 ޛުލްޤަޢިދާ 1442
20 ޖޫން 2021