ދިވެހިރާއްޖެ
ނަންބަރު: IUL-10-NE/10/2021/73
އިޢުލާން
މި އަހަރުގެ މިނިވަންދުވަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި 26 ޖުލައި 2021 ވާ ހޯމަ ދުވަހު ހެނދުނު 6:00 ން ދަންވަރު 0:00 ށް ޓީވީން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި ޓެލެތޯނުގައި ތިރީގައި މިދަންނަވާފަދަ ކަންކަން ހިމެނުމަށްވަނީ ހަމަޖެހިފައެވެ.
- އެކިއެކި ގްރޫޕްތަކުގެ މުނިފޫހި ފިލުވުމުގެ ހުށަހެޅުންތައް (ގާތްގަޑަކަށް 3 މިނިޓާއި، 4 މިނިޓާއި ދެމެދުގެ)
- މިނިވަންދުވަހާގުޅޭ ކުރު ތަމްސީލްތައް (ގާތްގަޑަކަށް 2 މިނިޓާއި 3 މިނިޓާއި ދެމެދުގެ)
- ކުޑަކުދިންނަށް ކުރުވާހަކަ ކިޔައިދިނުން (ގާތްގަޑަކަށް 2 މިނިޓާއި، 3 މިނިޓާއި ދެމެދުގެ)
- ރައިވަރު، ބަނދި، ޅެން، ފަރިހަ ފަދަ ތަކެތި ކިޔުން (ގާތްގަޑަކަށް 1 މިނިޓްގެ)
- އެކިއެކި ފަރާތްތަކަށް ލިބިފައިވާ ތަފާތު ހުނަރުތައް ދައްކާލުން (ގާތްގަޑަކަށް 2 މިނިޓާއި، 3 މިނިޓާއި ދެމެދުގެ)
މި ޓެލެތޯނުގައި މަތީގައި ދަންނަވާފައިވާފަދަ ޙަރަކާތެއް ނުވަތަ ދުވަހާގުޅޭ އެހެންވެސް ޙަރަކާތެއް ބައިވެރި ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.
ވީމާ، މިކަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ 27 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން events@homeaffairs.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މެއިލްގައި ޙަރަކާތް ބައިވެރި ކުރައްވާ ބޭފުޅެއްގެ ފުރިހަމަ ނަމާއި، ފޯނު ނަންބަރު އަދި ބައިވެރިކުރައްވާ ޙަރަކާތުގެ ކުޑަ ތަޢާރުފެއް ހިމެނުއްވުން އެދެމެވެ.
12 ޛުލްޤަޢިދާ 1442
22 ޖޫން 2021