މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލާއި އިންވެގެން ދިގުމަގާއި، ހުރަސްމަގު ފާހަގަކޮށްދޭނެ ފަރާތެއް ހޯދުން

 

`

 

 

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

 

     މާލެ، ދިވެހިރާއްޖެ                                           

 

                                  ނަންބަރު:   (IUL)10-F/10/2021/76 

 

އިޢުލާން

 

ހދ.ނޭކުރެންދޫގެ ލޭންޑްޔޫސް ޕްލޭންގައިވާ ގޮތަށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލާއި އިންވެގެން ދިގުމަގާއި، ހުރަސްމަގު އިންޖަހާ ފާހަގަކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން،6 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

 

·        ބީލަމުގެ ނަން/ އިޢުލާނު ނަންބަރު

 

·        ބީލަން ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން

 

·        ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް

 

·        ބީލަން ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު

 

ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 14 ޖުލައި 2021 ވާ ބުދަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް،ރަޖިސްޓަރީ ކުރައްވާ ބޭފުޅުންނަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

 

17 ޛުލްޤަޢިދާ 1442

 

27 ޖޫން    2021

 

 

27 ޖޫން 2021
ހޯދާ