ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)10-F/10/2021/77 : ނަންބަރު
އިޢުލާން
މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ފަރުނީޗަރު ގަންނަން ބޭނުންވާތީ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- 1 ކޮންފަރެންސް މޭޒު
- 1 އޮފީސް މޭޒު (އެގްޒެކެޓިވް)
- 28 މީޑިއަމް ބެކް ޗެއަރ (PU)
ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 30 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދުގެ ނަން
- އީމެއިލް އެޑްރެސް
- ފޯނު ނަންބަރު
- ކުންފުނި ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 5 ޖުލައި 2021 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. މި ބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
17 ޛުލްޤަޢިދާ 1442
27 ޖޫން 2021