މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީގެ އޭ ބޮލްކުގެ އޭސީ ތަކުން ފިނިނުވާތީ އެކަން ހައްލުކޮށްދޭނެ ފަރާތެއް ހޯދުން

`

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

    (IUL)10-F/10/2021/81:ނަންބަރު  

އިޢުލާން

މި މިނިސްޓްރީގެ އޭ ބްލޮކްގައި ހަރުކޮށްފައިވާ ޑައިކަން ބްރޭންޑްގެ  އެއަރކޮންޑިޝަންތަކަށް މައްސަލަޖެހި އެއްވެސް ވަރަކަށް ފިނި ނުވާތީ، އެއަރކޮންޑިޝަނަށް ދިމާވެފައިވާ މައްސަލަ ބެލުމަށްފަހު، އެމައްސަލަ ހައްލުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިކަންކޮށްދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 3 ޖުލައި 2021 ވާ ހޮނިހިރު ދުވަހުގެ 10:00 އާއި 12:00 އާއި ދެމެދު މި މިނިސްޓްރީއަށް ވަޑައިގެން އެއަރކޮންޑިޝަންތަކަށް ދިމާވެފައިވާ މައްސަލަ ބެއްލެވުމަށްފަހު 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. މަޢުލޫމާތު ސާފު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. 

‏21 ޛުލްޤަޢިދާ 1442

01 ޖުލައި   2021

01 ޖުލައި 2021
ހޯދާ