އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ ޕްރީސްކޫލަށް ކޮންޓްރެކްޓް އުޞޫލުން ޓީޗަރުން ހޯދުމާއި ގުޅޭ:

                                                   ނަންބަރު: A/IUL/344/2021/20

                                     ޢިއުލާން

 

އއ.ފެރިދޫ ޕްރީސްކޫލަށް ކޮންޓްރެކްޓް އުޞޫލުން ޓީޗަރުން ހޯދުމާއި ގުޅޭ:

 

މަޤާމްގެ ނަން: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 02

މުސާރަ: މަހަކު -/2500 (ދެހާސް ފަސްސަތޭކަ ރުފިޔާ)

މުއްދަތު: 01 އަހަރު

މަޤާމުގެ ޝަރުތު

މަޤާމުގެ މަސްއޫލިއްޔަތުތައް

 

- ޕްރީސްކޫލް ޓީޗިން ދާއިރާއިން، ސެޓްފިކެޓް ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

- މަޤާމާގުޅޭ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

- ޕްރީސްކޫލްގެ ކުދިންނަށް ކިޔަވާދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

- ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރިކޯޑްތައް ބެލެހެއްޓުން.

- ދަރިވަރުންގެ ކުރިއެރުމާއި ބެހޭގޮތުން ބެލެނިވެރިންނާއި، ކައުންސިލްގެ ވެރިންނަށް މައުލޫމާތު ހިއްސާކުރުން.

-ޕްރީސްކޫލާ ގުޅޭގޮތުން ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން އަންގާ މަސައްކަތްކުރުން. 

   

   ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމް.
  2. އެކްރްޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ދާއިރާއާ ގުޅޭ ލިޔުމެއް ލިބިފައިވާނަމަ، އެލިޔުމެއްގެ ކޮޕީ.

ސުންގަޑި:

-          މި މަޤާމަށް އެދޭ ފަރާތްތަކުން މިކައުންސިލުން ދޫކުރާ ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 2021 އޮގަސްޓް 01 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާއަށް ފޯރމް ހުށައެޅުއްވުން އެދެމެވެ.

      އިތުރު މަޢުލޫމާތު ހޯއްދެވުމަށް : ފޯން 6660545

-          ވަޒީފާއަށް އެދޭ ފޯމު އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- ޙާސިލްކޮށްފައިވާ ސެޓްފިކެޓަކީ އިނގިރޭސި މީޑިއަމް އިން ހަދާފައިވާ ސެޓްފިކެޓް އަކަށްވުން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން 

 

ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކޮށް އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު އޮންނާނީ 2021 އޮގަސްޓް 02 ވާ (ހޯމަ ދުވަހު) ނޫނީ 2021 އޮގަސްޓް 03 ވާ (އަންގާރަ ދުވަހު)ގެ ރަސްމީ ގަޑީގައި އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.

 

                            28 ޛުލްޤައިދާ 1442

08 ޖުލައި 2021
ހޯދާ