މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް ޖަލު ކޮންޕްލެކްސް އެއްގެ ކޮންސެޕްޓް ޕްލޭނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

       (IUL)10-F/10/2021/83 : ނަންބަރު                                             

އިޢުލާން

ޖަލު ކޮމްޕްލެކްސް ކޮންސެޕްޓް ޕްލޭން ތައްޔާރު ކުރުން:

މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް ޖަލު ކޮންޕްލެކްސް އެއްގެ ކޮންސެޕްޓް ޕްލޭނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 14 ޖުލައި 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

  • ބީލަމުގެ ނަން/ އިޢުލާނު ނަންބަރު
  • ބީލަން ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް
  • ބީލަން ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުމަށްފަހު މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއް ވާނަމަ 01 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަތީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 5 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރީ ކުރައްވާ ބޭފުޅުންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

28 ޛުލްޤަޢިދާ  1442

08 ޖުލައި    2021

08 ޖުލައި 2021
ހޯދާ