ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
2 ކްލާސްރޫމާއި ޓީޗަރސް ރޫމުން ބައެއްގައި މުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

ހަނިމާދޫ ސްކޫލް                        

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2021/015 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މި ސްކޫލުގެ ދެ ކްލާސްރޫމް އެއްކޮށް އަދި ޓީޗަރސްރޫމުން ބައެއްގައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ޖުލައި 12 އިން 2021 އޮގަސްޓް 01ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް، ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2021 ޖުލައި 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން، މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. މި އިޢުލާނާގުޅިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ގޫގުލް މީޓް މެދުވެރިކޮށް 2021 ޖުލައި 15 ވަނަ ދުވަހުގެ 11:00 ގައެވެ. (މީޓިންގ ލިންކް، ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.)
  6. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 03 ވަނަ ދުވަހުގެ 11:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  8. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހދ. ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533 ، 9907020

އީ-މެއިލް: admin@hanimaadhooschool.edu.mv

ކޮޕީ އީ-މެއިލް: principal@hanimaadhooschool.edu.mv

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/e/1FAIpQLSfVFY4jxAxj2T9t-WDF-b1yb8OqvJYwB44nDLGxD72bVIw7bg/viewform    

02 ޛުލްޙިއްޖާ 1442ހ

                                                          12 ޖުލައި 2021މ                                                                     

  

ނޯޓް: އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.   

12 ޖުލައި 2021
ހޯދާ