ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ސްކޫލް ފުރާޅުން ފެންފައިބާތަން ރަނގަޅުކޮށް ސީލިންގ މަރާމާތު ކުރުން
- ސްކޫލް ގޯތިތެރޭގައި ފެންހޮޅި ވަޅުލުން
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށްއެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 01 އޮގަސްޓް 2021 ގެ 13:30 ގެ ކުރިން ރަސްމީ ދުވަސްތަކުގައި ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ. ނުވަތަ ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 އޮގަސްޓް 2021ގެ 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 02 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓްކުރި ފަރާތްތަކަށް އެކަންޏެވެ.
- ބީލަން ހުޅުވުން އޮންނާނީ 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުރިނބީ ސްކޫލް
ހދ. ކުރިނބި
ފޯނު: 6520532
އީ-މެއިލް: admin@kurinbeeschool.edu.mv
14 ޖުލައި 2021
ހޯދާ