މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. އަތޮޅު ކައުންސިލާއި، ނ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޕްލޭނިންގ ކޮންސަލްޓަންޓެއް ހޯދަންބޭނުންވެއްޖެ.

 

  އިޢުލާން   

 

ނ. އަތޮޅު ކައުންސިލާއި، ނ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޕްލޭނިންގ ކޮންސަލްޓަންޓެއް ހޯދަންބޭނުންވެއްޖެ.

            ނ. އަތޮޅު ކައުންސިލާއި، ނ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ  ޕްލޭނިންގ ކޮންސަލްޓަންޓެއް ހޯދަންބޭނުންވެއްޖެއެވެ.

ބީލަން ރަޖިސްޓްރީކުރުން

         ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން (ބީލަން ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް) މިލިންކަށްވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ) projects.noon@gmail.com  ( މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

14 ޖުލައި 2021 ން 01 އޮގަސްޓް 2021

8:00 އިން 14:00

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)

02 އޮގަސްޓް 2021

13:00

އަންދާސީ ހިސާބު ހުށަހެޅުން

08 އޮގަސްޓް 2021

11:00 ހެނދުނު

ބީލަމާގުޅޭ ތާވަލު:

 

 

 

އަންދާސީ ހިސާބު ހުށަހެޅުން

           މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.              

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.

04 ޛުލްޙިއްޖާ   1442

14 ޖުލައި     2021  

14 ޖުލައި 2021
ހޯދާ