ދިވެހިރާއްޖެ
`
(IUL)GS-183-ADMIN/INDIV/2021/20 : ނަންބަރ
އިޢުލާނު
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމު: |
ދިވެހި ޓީޗަރ |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-259508 |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
1 |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކު: |
ސީ.އެސް 11-2 އިން ސީ.އެސް 15-5 |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސްކޫލް ޓީޗަރސް |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހިތަދޫ ސްކޫލް/ލ.ހިތަދޫ |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މުސާރަ: |
-/7070 ރުފިޔާއާއި -/10640 ރުފިޔާއާއި ދެމެދު |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
ސަރވިސް އެލަވަންސް: |
-/2500 ރުފިޔާ |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް: |
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 04. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް:
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ކަރިކިއުލަމާއި އެއްގޮތަށް ކިޔަވައިދިނުމަށް. މުޅިއަހަރުގެ މުޤައްރަރު 2 ޓާރމަށް ބަހައި ސްކީމް ތައްޔާރު ކުރުން. ވަކިވަކިދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި ކިޔަވައިދިނުން އެއާއިއެއްގޮތަށް ބައްޓަންކޮށް މުޤައްރަރުގައިވާ ބައިތައް ޙާޞިލްކުރުން. ކުލާހަށް ދިއުމުގެ ކުރިން ކޮންމެދުވަހެއްގެ ލެސަންނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމް ކުރުމާއި އަދި ކިޔަވައިދެއްވާގަޑިތަކަކީ ފޮތްމާކުކުރާ ގަޑިތަކަކަށް ނުހެދުން. ކިޔަވައި ދެއްވާއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން. ކިޔަވައި ދެއްވާ ފިލާވަޅާއި ގުޅޭ ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރުމާއި ބޭނުން ކުރުން. ވީހާވެސް ބޮޑަށް ކުދިން އުނގަންނައިދޭ ޙަރަކާތް ތަކުގައި ބައިވެރި ކުރުވައިގެން އުނގަންނައި ދިނުން. އިސްލާމް ، ޤްރުއާން ، ދިވެހި ، ޕީއީ އަދި ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައި ދެއްވާ ގަޑިތަކުގައި ދަރިވަރުން އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުން. ދިވެހި ބަހުން ވާހަކަ ދައްކާ ގަޑިތަކުގައި ރީތި ދިވެހި ބަސް ބޭނުން ކުރުމަށް ބާރު އެޅުން. ދަރިވަރުންނަށް އެދަރިވަރުންގެ ލަނޑުދަނޑި ޙާޞިލް ކުރުމަށްޓަކައި ހިތްވަރު ދިނުން. ކިޔަވައި ދެއްވާ މާއްދާތަކަށް ދަށް ކުދިން ފާހަގަކުރައްވައި ރިމީޑިއަލް ނެންގެވުން. ކުދިންގެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކިޔެވުމަށް ހުރަސް އަޅާފަދަ ކަމެއް ވޭތޯ ބައްލަވައި ސުޕަވައިޒަރުންނަށް އެކަން އެންގެވުން. މުދައްރިސް ދަރިވަރުންގެ ފެންވަރާއިމެދު ޒިންމާވާން ޖެހޭނެއެވެ. ރިޕޯޓް ފޮތުގައި ޓިޕެކްސް ބޭނުންނުކުރުން މުދައްރިސުން އެމުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ. ސެޝަނުގެ ފުރަތަމަ ބެލް ޖެހުމާއިއެކު ކްލާސް ޓީޗަރުން ކްލާސްތަކަށް ދުރުވަން ވާނެއެވެ. ކްލާސް ޓީޗަރުން ޙާޟިރީ މާކްކޮށް ޙާޟިރީގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަ ކުރަން ވާނެއެވެ. ހަވާލުކުރެވިފައިވާ ކުލާސްރެކޯރޑްގައިވާ ބައިތައް ގަޑިގަޑިއަށް ފުރިހަމަކުރުން. ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެކްލާހެއްގައި ހުންނަވާ މުދައްރިސެކެވެ. ކްލާސްތެރެ ސާފު ތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަންނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެ ކުރިން އެގަޑިއެއްގައި ކުލާހުގައި ހުރިޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވާނަގައި ޑަސްބިނަށް އަޅަށް ޚާއްޞަ ސަމާލުކަމެއް ދިނުން. ވީހާވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބައްލަވަން ވާނެއެވެ. ކްލާސް ޓީޗަރުން ކްލާހަށް ޙާޟިރުނުވާ ދަރިވަރުންނާއިބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަން ވާނެއެވެ. ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެއްލެވުމުގެ ދަށުންނޫނީ ކްލާސް ދޫކޮށް ލައްވާފައި ވަޑައި ނުގަންނަވާށެވެ. ކްލާހަށް ވަޑައިގަންނަވާނީ ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެ ލައްވައިގެން ބޭނުންވާ ހުރިހާ އެއްޗެއް ހިއްޕަވައިގެންނެވެ. ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދެއްވާ މަސައްކަތުގެ މައްޗަށެވެ. ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެބޭފުޅަކާ ޙަވާލުވެފައިވާ ހަރަކާތެއް ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ. ދަރިވަރުންގެ ކިބައިން ފެންނަ ނުރަނަގަޅު ކަންތައްތައް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމާއެކު ކަމާ ބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ. ސްކޫލް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތް ކުރަން ވާނެއެވެ. އެމުދައްރިސެއްގެ ކިޔަވައި ދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންވާނެއެވެ. ކިޔަވައި ދެއްވާ ގަޑީގައި ބޭކާރު ގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ. ހިންގަވާ ހުރިހާ ޙަރަކާތް ތަކެއްގެ ރެކޯޑް ބަލަހައްޓަވަން ވާނެއެވެ. ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެވަގުތަކު އެކްލާހުގައި ހުންނަވާ މުދައްރިސެކެވެ. ދަރިވަރުންގެ ކިބައިގައި ސާފު ތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރައްވަން ވާނެއެވެ. ކިޔަވައިދިނުމާއި ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ. ސްކޫލްގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރި ގޮތުގައި ނޫނީ ބޭނުން ނުކުރައްވާށެވެ. ފަރުވާކުޑަ ކަމުން ސްކޫލްގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އޭގެ ޒިންމާ އެބޭފުޅަކު އުފުއްލަވަން ޖެހޭނެއެވެ. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން. |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް : - ދިވެހި ލޭންގްވިޖް - އެޑިޔުކޭޝަން - ޓީޗިންގ |
||||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ޓީޗިންގ ސާވިސަސް |
||||||||||||||||||||||||||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޮގަސްޓް 2021 ގެ 12:00 ގެ ކުރިން، ހިތަދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް admin@lhithadhooschool.edu.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 އޮގަސްޓް 2021 އާއި 10 އޮގަސްޓް 2021 އާ ދެމެދު، ހިތަދޫ ސްކޫލްގައެވެ.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||||||||||||||||||||||||||||||||||||||||||||||||||||||||||
މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ރިލީފް މަޤާމަކަށް އެކަޑަމިކް އަހަރު ނިމެންދެން ނެގުމަށް ހަމަޖެހިފައިވެއެވެ. މަޤާމުގެ ގިންތި: ވޭޖް މުއްދަތު: އެކަޑަމިކް އަހަރު ނިމެންދެން
ނޯޓް:
ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ. |
||||||||||||||||||||||||||||||||||||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800745 އަށެވެ. އީ-މެއިލް ކުރާނީ admin@lhithadhooschool.edu.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
04 ޛުލްޙިއްޖާ 1442
14 ޖުލައި 2021