މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މީދޫ ކައުންސިލް އިދާރާ ޢިމާރާތް ބޮޑުކުރުމުގެ މަޝްރޫޢުގެ (ފިޔަވަހި -1 ގައި ހިމެނޭ މަސައްކަތް ކުރުން )

 

 
  • މަޝްރޫޢު:                          

ރ. މީދޫ ކައުންސިލް އިދާރާ ޢިމާރާތުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުގެ (ފިޔަވަހި -1 ގައި ހިމެނޭ މަސައްކަތް ކުރުން )

  • ބީލަމަށް ހުޅުވާލެވޭ މަސައްކަތް:  

ފާރުތެޅުމާއި، ފެންވަޅާއި ފެންހަރުފަދަ ތަކެތި ނެގުން.

ޢިމާރާތަށް އިތުރުކުރެވޭ ބައިގެ (ކޮންކްރީޓް ބުޑުތައް އެޅުމާއި، ފައުންޑޭޝަންއެޅުމާއި، ތަނބުތައްއެޅުމާއި، ރޭނުމާއި، މަތީ ބެރިއެޅުމާއި، ހިޔާކުރުމުގެ) މަސައްކަތް.

  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 

މަސައްކަތް ކުރުމާގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ ބިޑް މީޓިންގ) އޮންނާނީ 18 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ މެންދުރުކުރި 11:00 ގައި ރ. މީދޫ ކައުންސިލްގެ އިދާރާގައެވެ.

  • ބީލަން ހުށަހެޅުމާއި ބަލައިގަތުން:

ބީލަން ހުށަހެޅުމާއި، ހުށަހަޅާ ބީލަން ބަލައިގަނެ، ބީލަން ކެނޑުމުގެ ބައްދަލުވުން އޮންނާނީ 23 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:00 ގައި ރ. މިދޫ ކައުންސިލްގެ އިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުން:

  1. ފުރިހަމަކޮށްފައިވާ އަންދާސީ ހިސާބު
  2. ތަޖުރިބާގެ ލިޔުން
  3. މާލީ ޤާބިލުކަން ކަށަވަރުކޮށްދޭ ލިޔުންތައް
  4. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
  • މަސައްކަތަށް ބޭނުންވާ ސާމާނާއި ތަކެތި ހޯދުން:
މިއީ މަސައްކަތްކުރާ ފަރާތުގެ އަމިއްލަ ތަކެތީގައި އަމިއްލަ ސާމާނުގައި ކުރާގޮތަށް ދޫކޮށްލެވޭ މަސައްކަތެކެވެ.
  •  ބީލަމަށް ޕޮއިންޓް ދެވޭ މިންގަނޑުތައް:
ހުށަހަޅާ އަގު: (އެންމެ ދަށް އަގަށް) %80
މާލީ ޤާބިލުކަން
ނިންމާ މުއްދަތު: %5
ތަޖުރިބާ: %5

ވީމާ، ރ. މީދޫ ކައުންސިލް އިދާރާ ޢިމާރާތުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު (ގެ ފިޔަވަހި -1 ގައި ހިމެނޭ މަސައްކަތް) އަށް  ޝައުޤުވެރިވާ ފަރާތްތަކަށް، މި ބީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

05 އޮގަސްޓް 2021
ހޯދާ