މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫގެ ލޭންޑްޔޫސް ޕްލޭންގައިވާ ގޮތަށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ އުތުރުފަރާތު އިންފާރު ރާނާދޭނެ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

     (IUL)10-F/10/2021/99 :ނަންބަރު                                       

އިޢުލާން

ހދ.ނޭކުރެންދޫގެ ލޭންޑްޔޫސް ޕްލޭންގައިވާ ގޮތަށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ އުތުރުފަރާތު އިންފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

  • ބީލަމުގެ ނަން/ އިޢުލާނު ނަންބަރު
  • ބީލަން ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް
  • ބީލަން ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު

ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 18 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރީ ކުރައްވާ ބޭފުޅުންނަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

26 ޛުލްޙިއްޖާ 1442

5 އޮގަސްޓް  2021

05 އޮގަސްޓް 2021
ހޯދާ