ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިހާރު ބޭނުންކުރަމުންދާ، މިރަށުގެ ލޭންޑް ޔޫޒް ޕްލޭން މުރާޖާކޮށް، ބައެއް ބަދަލުތައް ގެނައުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ލޭންޑް ޔޫޒް ޕްލޭން މުރާޖާކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 26 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ info@neykurendhoo.gov.mv ނުވަތަ neykurendhoo.office@gmail.com   އަށް މެއިލް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައިއެވެ. އަގު ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ފޯމް ލިބެން ހުންނާއެވެ.  މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

  1. ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭން ބިނާކުރުން.
  2. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭން މުރާޖާ ކުރުމުގެ އެންމެހާ މަރުހަލާތަކެއް ކުރިއަށް ގެންދިއުން.
  3. ލޭންޑް ޔޫޒް ޕްލޭން މުރާޖާ ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
  4. ލޭންޑް ޔޫޒް ޕްލޭން މުރާޖާ ކުރުމަށްފަހު ފާސްކުރުމަށް ހުށަހެޅުމުން، އިސްލާހުކުރުމަށް އަންގާ ކަމާގުޅޭ ބަދަލުތައް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތް ކޮށްދިނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520042 އަށް ގުޅުއްވުން އެދެމެވެ

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 އޮގަސްޓް 2021
ހޯދާ