މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި އޮފީސްތަކުން މ. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުން.

            އެކިއެކި އޮފިސްތަކުން ނާއި ތަންތަނުން މިކައުންސިލް އިދާރާއަށް ގެންނަންޖެހޭ ތަކެތި ނަގާ މިކައުނސިލަށް ޑެލިވަރީ ކޮށްދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިއިދާރާއަށް ވަޑައިގެންނެވެން ނެތްފަރާތް ތަކުން މިކައުންސިލުގެ ނަމްބަރު 6720600 ފޯނަށް ގުޅުއްވާ ނުވަތަinfo@meem.gov.mv  އީ- މެއިލްގެ ޒަރިއްޔާ އިންވެސް މި ދެންނެވި ތާރީޚް ގައި މަޢްލޫމާތު ސާފުކުރެވިދާނެއެވެ.

 

ގަޑި

ދުވަސް

ތާރީޚް

ތަން

ތަފްޞީލް

10:00

ހޯމަ

02 ސެޕްޓެމްބަރ 2021

މި އިދާރާގެ ޖަލްސާކުރާ މާލަމް

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

10:00

ބުރާސްފަތި

12 ސެޕްޓެމްބަރ 2021

މި އިދާރާގެ ޖަލްސާކުރާ މާލަމް

އަންދާސީ ހިސާބު ހުށަހެޅުން

 

            މަޢްލޫމަތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަން ވާނެއެވެ.

22 އޮގަސްޓް 2021
ހޯދާ