ދިވެހިރާއްޖެ
- މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް ޕްލޭގްރައުންޑު ހިޔާކޮށް، އިންފާރު ރާނާ ފެންސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 25 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ admin@uligamuschool.edu.mv އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
3. މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި admin@uligamuschool.edu.mv އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.
4. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޯގަސްޓް 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް admin@uligamuschool.edu.mv އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.