މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

  •   މަޤާމް:   ޕްރީސްކޫލް ޓީޗަރ (ކޮންޓްރެކްޓް)
  •   ބޭނުންވާ ޢަދަދު:   1
  •   މުސާރަ:   މަހަކު -/3500 ރުފިޔާ
  •   ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ޅައިމަގު ޕްރީސްކޫލް / ށ.ޅައިމަގު
  •   ޝަރުތު: ޕްރީސްކޫލް މުދައްރިސުން ތަމްރީން ކުރާ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

 - ޕްރީސްކޫލުން ރާވާގޮތެއްގެ މަތިން ކްލާސްތަކަށް ގޮސް ދަރިވަރުންނަށް ކިޔަވައިދިނުން

 - ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ކުރުން

 - މީގެ އިތުރުންވެސް ޕްރީސްކޫލުން ރާވާ ހިންގާ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން

  •    މަޤާމް:   އެސިސްޓެންޓް ޓީޗަރ (ކޮންޓްރެކްޓް)
  •    ބޭނުންވާ ޢަދަދު:   2
  •    މުސާރަ:   މަހަކު -/3000 ރުފިޔާ
  •    ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ޅައިމަގު ޕްރީސްކޫލް / ށ.ޅައިމަގު
  •    ޝަރުތު: ޕްރީސްކޫލް މުދައްރިސުން ތަމްރީން ކުރާ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

 - ޕްރީސްކޫލުން ރާވާގޮތެއްގެ މަތިން ކްލާސްތަކަށް ގޮސް ދަރިވަރުންނަށް ކިޔަވައިދިނުން

 - ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ކުރުން

 - މީގެ އިތުރުންވެސް ޕްރީސްކޫލުން ރާވާ ހިންގާ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިން

      ވީމާ، މިމަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށައަޅާ ފޯމާއި، ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައިޑީކާޑުގެ ކޮޕީ 30 އޯގަސްޓް 2021 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 އޯގަސްޓް 2021 އާއި 05 ސެޕްޓެމްބަރ 2021 އާ ދެމެދު، ޅައިމަގު ކައުންސިލް އިދާރާގައެވެ.

      މިހެންވެ މިކަން ޢާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮގަސްޓް 2021
ހޯދާ