މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫގެ ހުޅަނގު ދެކުނު ކޮޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހެދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

                             ނަންބަރު:   IUL10-F/10/2021/109

އިޢުލާން

ހދ.ނޭކުރެންދޫގެ ހުޅަނގު ދެކުނު ކޮޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

  • ބީލަމުގެ ނަން/ އިޢުލާނު ނަންބަރު
  • ބީލަން ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް
  • ބީލަން ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު

ބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 6 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރީ ކުރައްވާ ބޭފުޅުންނަށް 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

 

25 އޮގަސްޓް 2021
ހޯދާ