ދިވެހިރާއްޖެ
ނީލަންކިއުން
ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރަމުންދިޔަ 42 ވެހިކަލް، ބައުވެ ހަލާކުވެފައިވާ، ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި މިސަރވިސްގެ ނަމްބަރު 171-I2(c)/IUL/2021/10 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް، އެ 42 ވެހިކަލް ނީލަމުގައި ވިއްކާލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
1- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
2- ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 42 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށްށެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.