ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2021/116
އިޢުލާން
އިންޓަރ އޮޕްރަބަލް ކްރިމިނަލް ޖަސްޓިސް ޑާޓާ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމު ކުރުމަށްޓަކައި، ތިރީގައި މިދަންނަވާ ތަކެތި މި މިނިސްޓްރީއަށް ގަންނަން ބޭނުންވާތީ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
Qty |
Description |
Part # |
2 |
HPE Synergy 480 Gen 10 Plus Compute Module (CPU Blade) |
P 22139-B21 |
30 |
High –End Computer Systems |
|
4 |
APC Rack PDU 2G Metered- Zero U,32A, 230V, (36) C13 and (6) C19 |
AP8853 |
100 |
6U Wall mount Racks for Branch offices |
|
100 |
APC EASY UPS BV 650VA, Universal Outlet, 23OV |
BV-6501-MSX |
20 |
Hard Disk 6TB Surveillance Grade (Purple) |
|
1 |
Black Magic Broadcasting Solution |
|
ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 6 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
1) ބީލަމުގެ ނަން/ އިޢުލާން ނަންބަރު
2) އަންދާހިސާބު ހުށަހަޅާ ކުންފުނި/ އަމިއްލަ ފަރުދެއްނަމަ ނަން
3) ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް
4) ބީލަން ހުށަހަޅާފަރާތް ތަމްސީލުކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްގެނަމަ އައިޑީކާޑު ނަންބަރު
މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރާ ފަރާތްތަކަށް ރަޖިސްޓަރީ ކުރެވުނުކަން އީމެއިލުން އެންގޭނެއެވެ. އަދި ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް 7 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެވޭނެއެވެ.
މިބީލަން ހުށަހެޅުމާއި/ ހުޅުވުން އޮންނާނީ 12 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ. މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ މަޢުލޫމާތު ސާފު ކުރެއްވުމަށް ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދެންނެވީމެވެ.