ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުން
ކީރިތި ޤުރްއާނާބެހޭ ޤައުމީމަރުކަޒުގައިކުރަންހުރިބައެއްމަރާމާތުމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ޕްރީ ބިޑް މީޓިންގ އޮންނާނީ 09 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައެވެ. މި މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 09 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް procurement@islamicaffairs.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައިމިނިސްޓްރީގެމީޓިންގރޫމް 01 ގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2021 ވާ ހޮނިހިރު ދުވަހުގެ13:00ކުރިން procurement@islamicaffairs.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020284، 3020276، 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.