ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

 

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެނަންބަރު:

J-281702

ބޭނުންވާއަދަދު:

01

މަޤާމުގެގިންތި:

ދާއިމީ

މަޤާމުގެރޭންކު:

އެސް.އެސް 1

މަޤާމުގެކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާއަދާކުރަންޖެހޭތަން:

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

މުސާރަ:

3100 ރުފިޔާ

ސަރވިސްއެލަވަންސް:

1000 ރުފިޔާ

އެހެނިހެންއެލަވަންސް:

ސަޕޯޓިން ކޯ އެލަވެންސްގެ ގޮތުގައި 1200 ރުފިޔާ ދެވޭނެ

މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓްކުރިން މިސްކިތަށްގޮސް އިސްކުރުބަރިއާއި ފާޚާނާއާއި ވަޅުދޮށުގެ ސާފުތާހިރުކަން ބަލާ ސާފުކުރަންޖެހޭތަންތަން ސާފުކުރުން
  2. މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުމަތިން މިސްކިތަށް ހިމެނޭ ސަރަޙައްދު ކުނިކަހައި ސާފުކޮށް ކުނިއުކުން
  3. މިސްކިތުގެ ވަޅުދިޔަ ހިއްކާ ސާފުކުރުން 
  4. ކޮންމެ ދުވަހަކު މިސްކިތުގެ ދޮރުފަތްތަކުގެ ބިއްލޫރި ސާފުކުރުމާއި ފަންކާ، ކަބަޑުތައް ފޮޅާ ސާފުކުރުން.
  5. ނަމާދު ވަގުތުތަކުގައި މިސްކިތުގެ ފަންކާ ޖެހުމާއި، ބޮކި ދިއްލުމާއި ނަމާދު ވަގުތުތައް ނިމުމުން ކޮންމެހެން ދިއްލާފައި ބަހައްޓަންޖެހޭ ބޮކިތައް ފިޔަވައި އެހެން ބޮކިތައް ނިއްވުމާއި ފަންކާތައް ނިއްވުން
  6. މިސްކިތުގެ އިމާމު ނުވަތަ ކައުންސިލުން އަންގާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން
  7. މިސްކިތަށް ލިބެމުންދާ ގެއްލުންތައް އިމާމަށް އަންގައި އާދައިގެ ކުދިކުދި ކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރުން
  8. ފޮޅާ ސާފުކުރުމަށާއި މިސްކިތަށް ދޫކުރާ ތަކެތި ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުން
  9. އިދާރާގެ ހުރިހާމުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ މަސައްކަތްތަކާއި އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައާއި އަދި ދިމާވާ މުހިންމު ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

 

މަޤާމުގެޝަރުތުތައް:

  1. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން
  2. ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

ވަޒީފާއަށްއެންމެޤާބިލްފަރާތެއްހޮވުމުގައިބެލޭނެކަންކަން:

1. ލިބިފައިވާ ތަޢުލީމު.

2. މަގާމުގެ މަސައްކަތުގެ ދާއިރާއި ގުޅޭ ތަޖުރިބާ.

3. އިންޓަވިއުގެ މާކްސް.

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21  ސެޕްޓެންބަރު2021ވާއަންގާރަދުވަހުގެ 13:00ގެ ކުރިން، ހުވަދުއަތޮޅުއުތުރުބުރީމާމެންދޫކައުންސިލްގެއިދާރާއަށެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއުއޮންނާނެތަނާއި،މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26 ސެޕްޓެންބަރު 2021 އާއި 29 ސެޕްޓެންބަރު 2021 އާ ދެމެދު ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވެއްޖެނަމަ،  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6820007 ނަންބަރު ފޯނަށެވެ. ނުވަތަ އީމެއިލް ކުރައްވާނީ  info@maamendhoo.gov.mv  އަށެވެ.

09 ސެޕްޓެންބަރު 2021
ހޯދާ