މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
މިއޮތޯރިޓީގައިި ބޭނުންކޮށްފައި ހުރި ގޮނޑި، މޭޒު، ކަބަޑު، އެލުމިނިއަމް އަދި ފެބްރިކު ޕާރޓިޝަން، ޕްރޮޖެކްޓަރ، ލެޕްޓޮޕް، ސާވަރ، ނެޓްވޯކުސްވިޗު، ކޮމްޕިއުޓަރ، ޕުރިންޓަރު، ޓީވީ، ސައުންޑު ސިސްޓަމު، ޕީ.އޭ.ބީ.އެކްސް ސިސްޓަމު، އޭ.ސީ އައުޓުޑޯޔުނިޓްސް، ދޮރާއި ދޮރުފަތް އަދި އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
މިތަކެތި ނީލަން ކިޔާނީ ތަކެތި ބަލާ، ވަގުތުން އަގުހުށަހަޅާ، ނީލަން ނިންމާ އުސޫލުން، މިއޮތޯރިޓީގައެވެ. ނީލަންކިޔުން އޮންނާނެ ތާރީޚާއި ގަޑި ތިރީގައި އެވަނީއެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުމާއި ނީލަންކިއުން |
18 ސެޕްޓެންބަރު 2021 |
ހޮނިހިރު ދުވަސް |
10.00 |
ވީމާ މި ނީލަމާއިބެހޭ މަޢުލޫމާތު ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
14 ސެޕްޓެންބަރު 2021
ހޯދާ