ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: (IUL)NSA-VAM/NSA-VAM/2021/1000
މިއެސޯސިއޭޝަންގެ ފަރާތުން 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ މުބާރަތްތަކުގައި ބައިވެރިކުރުމަށް ބޭނުންވާ ޖޫނިއަރ ޤައުމީ ވޮލީބޯޅަ ޓީމަށް ކޯޗުން ހޯދަން ބޭނުންވެއެވެ.
ތަފްސީލް
- އަދަދު: - ހެޑް ކޯޗް – 1
- އެސިސްޓެންޓް ކޯޗް - 2
- މުސާރަ: - ދެފަރާތުން އެއްބަސްވާ މުސާރައެއް.
- ޝަރުތު: - މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ ކޯޗެއްކަމުގައި ވުން.
- FIVB Level -1 ސެޓްފިކެޓް އޮތް ކޯޗެއްކަމުގައި ވުން.
- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ވުން.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކަމަށް އެދި ސިޓީއަކުން ކުރިމަތިލާ މަޤާމު އެގޭނެހެން، އަދި ސީ.ވީ އާއި ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔެކިއުންތަކާއެކު 2021 ސެޕްޓެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް (gs@maldivesvolleyball.mv) ކުރެއްވުމަށް ދެންނެވީމެވެ.
14 ސެޕްޓެންބަރ 2021
ދިވެހި ރާއްޖޭގެ ގެޒެޓް