މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ފައިނޭންޝަލް ކޮންސަލްޓެންޓެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

                        ނަންބަރު:  IUL10-F/10/2021/165

އިޢުލާން

ފައިނޭންޝަލް ކޮންސަލްޓެންޓެއް ހޯދުން

ޕޮލިސް ބޯޑްގެ ސެކްރެޓޭރިއެޓަށް ފައިނޭންޝަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.

ޓަރމްސް އޮފް ރެފަރެންސް

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހުގެ މެންދުރު   12:00 ގެ ކުރިން މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެދިވަޑައިގަންނަވާ މަގާމު ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

19 ސެޕްޓެންބަރު 2021
ހޯދާ