ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގއ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓް މަރާމާތް ކުރުމާއި ގުޅޭ
ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ކުރަންހުރި މަރާމާތުގެ މަސައްކަތް:
- ކޯޓުގެ ކުޑަދޮރުސެޓުތަކުގައި ގްރިލްޖެހުން
- ފާޚާނާ މަރާމާތުކުރުން
- ސްޓޮކް ރޫމްގެ ފެންލައިޓްތަށް ބަދަލުކުރުން
- ފުރާޅުގެ ނަލަފިލާ ބަދަލުކުރުން
ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހު 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 29 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހު 13:30 އަށް މި ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
20 ސެޕްޓެންބަރު 2021
ހޯދާ