ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ނަންބަރު (IUL)RDC-HRM-RDC-2021-120 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަޤާމުތަކަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
މުސާރަ: |
މަހަކު -/7000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2800 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު ޕްރޮކިއުމަންޓް ދާއިރާއިން 1-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނެއްގެ 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި އެކު ޕްރޮކިއުމަންޓް ދާއިރާއިން 3-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕާރޗޭސް ރިކުއެސްޓްތަކުގައި ބޭނުންވާ މަޢުލޫމާތާއި ހުއްދަތައް ހަމަތޯ ބަލައި ޕްރޮކިއުމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުން. - ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ނުވަތަ މަސައްކަތްތައް ކުރުވުމަށް ކޯޓޭޝަން، އެސްޓިމޭޓް ނުވަތަ ޕްރޮޕޯސަލް ހޯދަންޖެހޭ ކަންކަމުގައި ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޕޮލިސީގައި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެތަކެތި ހޯދުން. - ރިކުއެސްޓް ފޮރ ޕްރޮޕޯސަލް / އެސްޓިމޭޓް ތައްޔާރުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ތައްޔާރުކުރުން. - ބިޑް ޑޮކިއުމަންޓް ތައްޔާރުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ތައްޔާރުކުރުން. - ސަޕްލަޔަރުންނަށް މަޢުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެމަޢުލޫމާތުތައް ފޯރުކޮށްދިނުން. - ވެންޑަރ އެކްރެޑިޓްކުރުމުގައި އެހީތެރިވުން. - ޕްރޮކިއުމަންޓާއި ގުޅޭ އެއްބަސްވުންތައް އެކުލަވާލައި އެއްބަސްވުން ތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުން. - ޕްރޮކިއުމަންޓް މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުން. - ތައްޔާރުކުރެވޭ ރިކުއެސްޓުތައް ސަޕްލަޔަރުންނަށް ފޮނުވުން / އިޢުލާނުކުރުން. |
މަޤާމް: |
ޕްރޮކިއުމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ ގްރޭޑް 1 |
މުސާރަ: |
މަހަކު -/5500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2200 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި އެކު ޕްރޮކިއުމަންޓް ދާއިރާއިން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ޕާރޗޭސް ރިކުއެސްޓްތައް ރިސީވްކުރުމާއި އެންޓަރކުރުން އަދި އަޕްޓޭޑްކުރުން. - ޕާރޗޭސް ރިކުއެސްޓްތަކުގައި ބޭނުންވާ މަޢުލޫމާތާއި ހުއްދަތައް ހަމަތޯ ބަލައި ޗެކްކުރުން. - ތަކެތި ގަތުމާއި ޚިދުމަތްހޯދުން ނުވަތަ މަސައްކަތްތައް ކުރުވުމަށް ކޯޓޭޝަން، އެސްޓިމޭޓް ނުވަތަ ޕްރޮޕޯސަލް ހޯދަންޖެހޭ ކަންކަމުގައި ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޕޮލިސީގައި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެތަކެތި ހޯދުމަށް، އެހީތެރިވުން. - ތައްޔާރުކުރެވޭ ރިކުއެސްޓުތައް ސަޕްލަޔަރުންނަށް ފޮނުވުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވާއިރު ޕްރޮކިއުމަންޓް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވެނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
14 މުޙައްރަމް 1443