ދިވެހިރާއްޖެ
އިޢުލާން
މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2021 ގައި އޮންލައިންކޮށް ބައިވެރިވުމާއި މަހާސިންތާއަށް ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
ހއ، ހދ، ށ އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށް 24 އިން 26 އޮކްޓޯބަރ 2021 އަށް މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަހާސިންތާގައި ރާއްޖޭގެ ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަހާސިންތާގައި މަޝްވަރާކުރާ މައިގަނޑު ދާއިރާތަކަށް އަމާޒުކޮށް، ކަރުދާސް ހުށަހެޅުމުގެ ފުރުޞަތުވެސް ރާއްޖޭގެ ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ.
މަހާސިންތާގައި މަޝްވަރާކުރާނެ މައިގަނޑު ދާއިރާތައް
- ތަރައްޤީގައި ޖަމްޢިއްޔާތަކުގެ ދައުރު
- ޖަމްޢިއްޔާތަކަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް
- ޒުވާނުންނާއި ގުޅުންހުރި މައްސަލަތަކުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
- ހެޔޮވެރިކަމާއި އިންސާނީ ޙައްޤުތައް ނެގެހެއްޓުމާއި މިންތީގެ (ޖެންޑަރ) ހަމަހަމަކަށް ޤާއިމްކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
- މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް އަދި ޤުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގައި ޖަމްޢިއްޔާތަކުގެ ދައުރު
- ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު
- ޖަމްޢިއްޔާތަކުން ގުޅިގެން ހަރަކާތްތެރިވުން
މަހާސިންތާގައި އޮންލައިންކޮށް ބައިވެރި ވުމަށް ރަޖިސްޓްރީވުން:މަހާސިންތާގައި އޮންލައިންކޮށް ބައިވެރިވާން މަދަނީ ޖަމްޢިއްޔާތަކުގެ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން.
ސުންގަޑި:21 އޮކްޓޯބަރ 2021 ( ބުރާސްފަތި) ދުވަހުގެ 12:00 އަށް |
މަހާސިންތާގައި ކަރުދާސް ހުށަހެޅުން:މަހާސިންތާގައި ކަރުދާސް ހުށަހެޅުމަށް ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކުން، މަހާސިންތާއަށް ހުށަހަޅާ ކަރުދާސް އެކުލަވާލަންޖެހޭ މިންގަނޑާއި އެއްގޮތަށް ތައްޔާރު ކުރެއްވުމަށްފަހު ce@youth.gov.mv އީމެއިލް ފޮނުވުން. ސުންގަޑި:10 އޮކްޓޯބަރ 2021 ( އާދީއްތަ ) ދުވަހުގެ 12:00 އަށް |
ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 7905784 އަށް ގުޅުއްވުން އެދެމެވެ. |