ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސްޓީއޯއިން ނީލަން ކިއުމަށްކުރެވިފައިވާ 60ADM/2021/196 އަދި 60ADM/2021/194 ބާތިލުކުރުން
- އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުމަށް ކުރެވިފައިވާ އިޢުލާން ނަންބަރު: 60ADM/2021/196 (07.09.2021 ) އަށް އެކަށީގެންވާ އަގު ހުށަހަޅާފައި ނުވުމާއި އެކު ކުރެވިފައިވާ އިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.
- އެސްޓީއޯ އޮޕަރޭޝަންގައި ބޭނުންކޮށްފައިވާ ތިރީގައި ދަންނަވާ ދެވެހިކަލް ނީލަމުގައި ވިއްކާލުމަށް ކުރެވިފައިވާ އިއުލާން ނަންބަރު: 60ADM/2021/194 (08.09.2021) އަށް އެއްވެސް ފަރާތަކުން އަގު ހުށައަޅާފައިނުވުމާއި އެކު އަލުން އިއުލާންކުރަމެވެ.
ވެހިކަލްގެ މައުލޫމާތު |
ނީލަން ފެށޭ އަގު |
ރަޖިސްޓްރީ ނަންބަރ: B1A1219 / Van މޮޑެލް ނަންބަރ: LH113R-RBMRS ޗެސިސް ނަންބަރ: LH113-0177180 އިންޖީނު ނަންބަރ: 3L ރާއްޖެ އެތެރެކުރި ތާރީހު: 8th September 2002 |
15،000 ( ފަނަރަހާސް ރުފިޔާ) |
ރަޖިސްޓްރީ ނަންބަރ: B1A4226 / Van މޮޑެލް ނަންބަރ: MWS2RTFE25UD6 ޗެސިސް ނަންބަރ: VWE25-127503 އިންޖީނު ނަންބަރ: ZD30 ރާއްޖެ އެތެރެކުރި ތާރީހު: 2nd July 2006 |
35،000 ރ (ތިރީސްފަސްހާސް ރުފިޔާ) |
ވީމާ މިދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ10:00 އަށް އެސްޓީއޯ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެސްޓީއޯ ހެޑް އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ.
- ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ބިލް ހަވާލުކުރާތާ މަސައްކަތު 7 ދުވަސް ތެރޭގައި ފައިސާ ދައްކަވައި ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ ނީލަމުގައި ދެން އެންމެ މަތިން އަގު ހުށަހަޅުއްވާފައިވާ ފަރާތަށް ފުރުސަތު ދެވޭނެއެވެ.
21 ސެޕްޓެންބަރު 2021
ހޯދާ