ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL-303-AS/2021/51
އިޢުލާން
ދާއިމީ ބައްޔަށް ބޭސްކާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް
ރަށްރަށުގައި ދިރިއުޅޭ ދާއިމީ ބައްޔަށް ބޭސްކާ ފަރާތްތަކުގެ މަޢުލޫމާތު ދަފްތަރުކޮށް އެއް ސިސްޓަމްއެއްގައި ބެލެހެއްޓުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން ވަނީ ޕޯޓަލް އެއް ތައްޔާރުކޮށްފައެވެ. އެގޮތުން މި ޕޯޓަލްގައި ކޮންމެ ކައުންސިލަކުންވެސް އެ ރަށެއްގައި ދިރިއުޅޭ ދާއިމީ ބައްޔަށް ބޭސްކާ ފަރާތްތަކުގެ މަޢުލޫމާތު އެންޓަރކުރަން ޖެހެއެވެ.
ވީމާ، މިރަށުގައި ދިރިއުޅޭ ދާއިމީ ބައްޔަށް ބޭސްކާ ފަރާތްތަކުގެ މަޢުލޫމާތު ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް ހުށައެޅުއްވުމަށް ވިދާޅުވެފައިވާތީ، ދާއިމީ ބައްޔަށް ބޭސްކާ ފަރާތެއްކަން އަންގައިދޭ ޑޮކްޓަރެއްގެ ލިއުމާއި އައިޑީ ކާޑުގެ ކޮޕީ، 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
16 ޞަފަރު 1443
23 ސެޕްޓެމްބަރ 2021