މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ހޯދުން (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު އަލުން އެކުލަވާލުމަށް)

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

                                 ނަންބަރު:  IUl10-F/10/2021/172

އިޢުލާން

ކޮންސަލްޓަންޓެއް ހޯދުން

ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) އަލުން އެކުލަވާލުމަށް މި މިނިސްޓްރީން ނިންމާފައިވާތީ، މި ބިލު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ކޮންސަލްޓަންޓަކު ނެގުމަށް ބޭނުންވެއެވެ.

 

ޓަރމްސް އޮފް ރެފަރެންސް

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 އޮކްޓޯބަރު 2021 ވާ ހޯމަ ދުވަހުގެ މެންދުރު      13:00 ގެ ކުރިން މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެދިވަޑައިގަންނަވާ މަގާމް ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

27 ސެޕްޓެންބަރު 2021
ހޯދާ