ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ނަންބަރު: (IUL)RDC-HRM-RDC-2021-123 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަޤާމުތަކަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ ގްރޭޑް 1 |
މުސާރަ: |
މަހަކު -/5500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2200 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަންގެ ޓްރެއިނިންގ ނީޑް އެނަލިސިސް ތައްޔާރުކުރުމުގައި އެހީތެރިވުން. - ކޯޕަރޭޝަނަށް ބޭނުންވާނެ އެންމެހާ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވުން. - ޓްރޭނިންގ ހިނގަމުންދާ އިރު، ބޭނުންވާ އެހީތެރިކަން ޓްރޭނިންގ ހިންގާ ފަރާތަށާއި، ޓްރޭނިންގގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުން. - ޓްރޭނިންގ ތަކުގެ އިވަލުއޭޝަން ފޯމް ތައްޔާރުކޮށް، އިވަލުއޭޓްކުރުން. - ޓްރޭނިންގ ޔުނިޓް ހިންގުމުގެ މަސައްކަތްތައް މެނޭޖަރގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންދިއުން. - ޓްރޭނިންގ ތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުން. |
މަޤާމް: |
ހިއުމަން ރިސޯސް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ ގްރޭޑް 1 |
މުސާރަ: |
މަހަކު -/5500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2200 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައި ވުމާއެކު އެސް.އެސް.ސީ އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ވަޒީފާ ދިނުމާއި/ ބަދަލުކުރުމާއި/ ވަކި ކުރުމުގެ މަސައްކަތްތައް ކޯޕަރޭޝަންގެ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރުން. - އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެންޓަރކުރުން. - މުވައްޒަފުންގެ މަޢުލޫމާތު ހިމޭނޭ މާސްޓަރ ޝީޓް ތައްޔާރުކޮށް ބެލެހެއްޓުން. - މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ހަދައި، އަޕްޑޭޓްކޮށް ރައްކާތެރިގޮތެއްގައި އެތަކެތި ބެލެހެއްޓުން. - މުވައްޒަފުންނާ ގުޅޭގޮތުން ޑިވިޜަން، ޑިޕާޓްމަންޓް ނުވަތަ އެހެނިހެން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީ، ނޯޓް، މެމޯ، ޗިޓް އަދި މިނޫންވެސް ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން. - ޑިޕާޓްމަންޓުން އެކިތަންތަނަށް ފޮނުވަންޖެހޭ ލިޔުންތައް މެނޭޖަރުގެ ލަފަޔާ އެކީ ކަމާބެހޭ ފަރާތްތަކަށް 3 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމާއި އަދި ކޮންމެ ލިޔުމެއްގެ އަސްލު ކޮޕީ ހަމަޖެހިފައިވާ އުސޫލުން ސްކޭންކޮށް ފައިލްކުރުން. - މުވައްޒަފުންގެ މުސާރަ އާއި ގުޅޭ މަސައްކަތްތައް ކުރުން. - ކޯޕަރޭޝަންގެ ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެޗް.އާރު މަސައްކަތްކުރުން. - ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވާރކް ޕާމިޓްއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 04 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
20 ޞަފަރް 1443