ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރުން

އިޢުލާން

 

ކުނި މެނޭޖްކުރުން އަމިއްލަ ފަރާތަކާއި ހަވާލުކުރުމާއި ބެހޭ:

 

           ގއ.ގެމަނަފުށީގައި ކުނި މެނޭޖްކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތާ ހަވާލުވާ ފަރާތުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ވޭސްޓްމެނޭޖްމަންޓް ސެންޓަރ ބެލެހެއްޓުމާއި، ގޭބިސީތަކާއި، ރަޖިސްޓްރީކުރާ އެހެނިހެން ތަންތަނުން ކުނި ނެގުމެވެ.

           މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ބިޑުގައި ބައިވެރިވުމަށް އެދި ނަންނޯޓު ކުރެއްވުން އެދެމެވެ. ނަން ނޯޓު ކުރުމަށް gemoffice@gmail.com އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ކައުންސިލް އިދާރާގެ ޕްރޮކިއުމެންޓް ސެކްޝަން ނަމްބަރ 9991743 އަށް މެސެޖް ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ބިޑްގައި ބައިވެރިވުމަށް މެއިލް ނުވަތަ މެސެޖްކުރާ ފަރާތްތަކަށް އެކަންޏެވެ.

 

           މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 7 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އޮންލައިން ކޮށެވެ. މި މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑުގައި ރަޖިސްޓްރީ ކުރައްވާފައިވާނަމަ ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.

ޕްރޮޕޯސަލް ހުށަހަޅާނީ 12 އޮކްޓޯބަރ ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން gemoffice@gmail.com އަށެވެ.

 

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2021
ހޯދާ