ދިވެހިރާއްޖެ
ނަންބަރ: Q4-SM-IUL-2021-12
އިޢުލާން
ގދ.ގައްދޫ ސިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ގައްދޫ ކައުންސިލް އިދާރާއިން ގދ.ގައްދޫ ސިއްޙީ މަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅޫމަށް ކޯރުކޮނުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން އެއްވެސް ފަރާތެއް އަންދާސީ ޙިސާބު ހުށައަޅުއްވާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޙަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.
ތާރީޙް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (03 އޮކްޓޯބަރ 2021) |
10:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
އަންދާސީ ހިސާބު ހުށަހެޅުން (06 އޮކްޓޯބަރ 2021) |
10:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިމަރުކަޒުގެ ނަންބަރު 6840172 ފޯނަށް ގުޅައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަމިއްލަ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ އެފަރާތުގެ ނަމާއި، މިހާރުގެ އެޑްރެހާއި، އައި.ޑީ ކާޑުގެ ކޮޕީއެއް ހުށައަޅުއްވަން ވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ގދ.ގައްދޫ ޞިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ
ޕޮއިންޓް ދޭނެ މިންގަނޑު
މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
މުއްދަތަށް: ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
މަސައްކަތުގެ ތަޖުރިބާ: ޕޮއިންޓް (އެންމެ ގިނަދުވަހު މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކް ކަމުގައި ބަލައިގެން)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 سفر 1443