މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައުލޫމާތު ފެތުރުމަށާއި، ސިޓީ ކައުންސިލްގެ ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔެދޭނެ ފަރާތެއް ހޯދުމަށް

މައުލޫމާތު ފެތުރުމަށާއި، ސިޓީ ކައުންސިލްގެ ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔެދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންދެއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

ބީލަން ރަޖިސްޓަރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން

12 އޮކްޓޯބަރ 2021

13:00

މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާއިރު ބީލަމަށް  ރެޖިސްޓަރވާ ފޯމް ހުށަހަޅާންވާނެއެވެ

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

އަގު ހުށަހެޅުން

20 އޮކްޓޯބަރ 2021

09:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

 

 

  • މަޢުލޫމާތު ސާފުކުރުމާއި ބީލަމުގައި ރަޖިސްޓްރީވުން : މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ފުރިހަމަކުރައްވާފައިވާ ބީލަން ރަޖިސްޓްރީ ފޯމް ހުށަހަޅަންވާނެއެވެ

 

  • މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: 

-   މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: bids@malecity.gov.mv

-                                

29 ޞަފަރު 1443

06 އޮކްޓޯބަރ 2021

06 އޮކްޓޫބަރު 2021
ހޯދާ