ދިވެހިރާއްޖެ
ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު
ކޮންސަލްޓަންސީ ޓު ޑިވެލޮޕް ޑިޒައިން އެންޑް ޕްރިޕެރޭޝަން އޮފް ޓެންޑަރ ޑޮކިއުމަންޓްސް ފޯ މާލެ ސްޓޯމްވޯޓަރ މެނޭޖްމަންޓް
MV-MONPI-234588-CS-CQS
މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް
Grant No.:IDA-D5540
ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން ޑިވެލޮޕް ޑިޒައިން އެންޑް ޕްރިޕެރޭޝަން އޮފް ޓެންޑަރ ޑޮކިއުމަންޓްސް ފޯ މާލެ ސްޓޯމްވޯޓަރ މެނޭޖްމަންޓް ގެ މަސައްކަތް ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.
މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، މާލޭގައި ފެންބޮޑުވާ ހިސާބުތައް ހޯދައި، ފެންބޮޑުވާ މިންވަރު އެކި ކަހަލަ ސާރވޭތައް ހަދައި، މި ފެން ބިމު އަޑީގައި ރައްކާ ކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިން ކުރުމެވެ. މިމަސައްކަތުގެ މުއްދަތަކީ 06 މަސްދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތަށް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- މިދާއިރާއިން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ސްޓޯމް ވޯޓަރ މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- އާބާދީ ބޮޑު އަދި ތޮއްޖެހިފައިވާ ސިޓީ ތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
- މި މަސައްކަތް ކުރުމަށް ބޭނުންވާ ކީ އެކްސްޕާރޓްސް ލިބެން ހުރުން. މަސައްކަތަށް ޝޯޓްލިސްޓްވާ ފަރާތްތައް އިވެލުއޭޓް ކުރާ ސްޓޭޖްގައި ކީ އެކްސްޕާރޓްސް އިވެލުއޭޓް އެއް ނުކުރާނެއެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.
މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮންސަލްޓަންޓްސް ކުއަލިފިކޭޝަން ބޭސްޑް ސިލެކްޝަން މެތަޑް (ސީ.ކިއު.އެސް) އެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ ވާ އާދީއްތަ ދުވަހު 11:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރިސިލިއަންސް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އެންވަޔަރަންމަންޓް
އަމީނީ މަގު، މާފަންނު
ކ.މާލެ، 20392
އީމެއިލް: tenders@planning.gov.mv
ކޮޕީ : mudrp@planning.gov.mv