ދިވެހިރާއްޖެ
އިޢުލާން
396 ގޮޑި ޕްލާސްޓިކް (އާރމްޗެއަރ) އަތްގަނޑުލީ ނީލަން ކިއުމާއި ބެހޭ
9 ސެޕްޓެންބަރ 2020ގައި ގެޒެޓް ކުރައްވާފައިވާ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ ނީލަން ކިއުމާއި، ނައްތާލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018ގެ ނަންބަރު D1/CIR/2018/15އ13 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ، ތިރީގައި މިވާ މުދާ ނީލަމުގައި ވިއްކާލަން ނިންމައިފީމެވެ.
ނީލަން ނަންބަރ |
ބާވަތް |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ފެށޭއަގު |
MYSCE/2021/02 |
396 ގޮޑި ޕްލާސްޓިކް އާރމްޗެއަރ |
ބާވެ، ކުލަގޮސްފައި |
ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް |
6930 |
ވީމާ، ނީލަމުގައި ބައިވެރިވެ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެ ލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގެން ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ. އެ ނޫން ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.
# |
މަޢުލޫމާތު ސާފުކުރުން |
24 އޮކްޓޫބަރ 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
# |
ނީލަން ކިޔުން |
25 އޮކްޓޫބަރ 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލްއަށް ދައްކަވަން ވާނެއެވެ. https://bandeyripay.finance.gov.mv