ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2021/180
އިޢުލާން
ކޮންސަލްޓަންސީގެ ޚިދުމަތް ހޯދުން
ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) އަލުން އެކުލަވާލުމަށް މި މިނިސްޓްރީން ނިންމާފައިވާތީ، މި ބިލު އެކުލަވާލުމަށް މި މިނިސްޓްރީއަށް ކޮންސަލްޓެންސީގެ ޚިދުމަތް ބޭނުންވެގެންކުރި މިނިސްޓްރީގެ ނަންބަރު (IUL)10-F/10/2021/172 (27 ސެޕްޓެންބަރު 2021) ގެ އިޢުލާނުގައި މި މިނިސްޓްރީއަށް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވާ ކަމަށް ލިޔެވިފައިވާތީ، އެއިޢުލާން މިއަދު ބާޠިލް ކޮށްފީމެވެ.
ވީމާ، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) އަލުން އެކުލަވާލުމަށް މި މިނިސްޓްރީން ނިންމާފައިވާތީ، މި ބިލު އެކުލަވާލުމަށް މި މިނިސްޓްރީއަށް ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ޓަރމްސް އޮފް ރެފަރެންސްގައިވާ ގޮތުގެމަތިން ހުށަހެޅުއްވުން އެދެމެވެ.
ޓަރމްސް އޮފް ރެފަރެންސް
މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.
ހުށަހެޅުން
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 10:00 ގެ ކުރިން މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.