އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

ނަންބަރު: A/IUL/344/2021/43

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

ފައިނޭންސް އޮފިސަރ

މަޤާމްގެ ނަންބަރު

J-229142

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ / އއ. ފެރިދޫ

މުސާރަ

5610.00 (ފަސްހާސް ހަސަތޭކަ ދިހައެއް) ރުފިޔާ

ސަރވިސް އެލަވަންސް

2000.00 (ދެހާސް) ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދްމަތް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ އިތުރުގަޑީގެ ފައިސާ
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 (ހަތްސަތޭކަ) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މުވައްޒަފުންގެ މުސާރައިގެ މަސައްކަތް
  • މިކައުންސިލް އިދާރާގެ ކައުންސިލް މެންބަރުންނާއި މުވައްޒަފުން އަދި މިރަށު މިސްކިތްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ޝީޓްތައް ޤަވާޢިދާއި އެއްގޮތަށް މަހުން މަހަށް ތައްޔާރުކޮށް، ފޮނުވަންޖެހޭ މުއްދަތަށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން
  • މުވައްޒަފުންގެ މުސާރަ ޖަމާވުމުން، އެ މަހެއް ނިމުމުގެ ކުރިން ފައިސާ ޖަމާކުރުމަށް ބޭނުންވާ އެންމެހާ ވައުޗަރ / ޗެކް / ޝީޓް ތައް ތައްޔާރުކޮށް ވެރިންގެ ސޮއިކޮށް ފައިސާ ޖަމާކޮށް އަދި ފައިސާ ޙަވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކަށް އެ މަހެއް ނިމުމުގެ ކުރިން ޙަވާލުކޮށް ނިންމުން
  • މުވައްޒަފުންގެ ޕެންޝަން ފައިސާއާއި މުސާރައިން ކުރެޑިޓް ސްކީމަށް ދައްކަންޖެހޭ ފައިސާ ކަމާބެހޭ ފަރާތްތަކަށް ދައްކަންޖެހޭ މުއްދަތަށް ދެއްކުން

2. އެހެނިހެން ފައިސާގެ މަސައްކަތްތައް                 

  • މިކައުންސިލް އަދި  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލަހައްޓަމުންގެންދާ މިރަށު މިސްކިތްތަކުގެ އެންމެހާ ބިލްތައް ކައުންސިލްއަށް ލިބުމުން، ފޮނުވަންޖެހޭ އިދާރާތަކަށް މުއްދަތަށް ފޮނުވުމާއި އެބިލްތަކަށް ފައިސާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • އަދި މި ބިލްތަކުގެ ފައިސާ ޖަމާވުމުން، ފައިސާ ޚަރަދުކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ވައުޗަރ / ޝީޓްތައް ތައްޔާރުކޮށް ވެރިންގެ ސޮއިކުރުވުމަށްފަހު، ފައިސާ ޙަވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކަށް ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ޙަވާލުކޮށް ނިންމުން
  • ކޮންމެ މަހެއް ނިމުމުން މިކައުންސިލްގެ ތިޖޫރީގައި ހުރި ފައިސާ، އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުން
  • މިކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅައިގެން އެފައިސާ ހޯދުމަށް މަސައްކަތްކުރުން
  • މިކައުންސިލްގެ ތިޖޫރީ ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް
  • ފައިސާ،  ބަލައިގަންނަ ރަޝީދު ފޮތްތަކާއި، އެކައުންޓްތަކުގެ ޗެކް ފޮތްތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  • މިކައުންސިލުން މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން
  • މިކައުންސިލުން ފާސްކުރާ ބަޖެޓް ބެލެހެއްޓުން

3. ފައިސާއާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް           

  • ކޮންމެ ހަފްތާއަކު ތައްޔާރުކުރަންޖެހޭ މިކައުންސިލްގެ ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ވެރިންގެ ސޮއިކޮށް ފޮނުވަންޖެހޭ މިނިސްޓްރީތަކަށް މުއްދަތަށް ފޮނުވުން
  • މަހުން މަހަށް ޗެކް ރަޖިސްޓްރީތައް ތައްޔާރުކުރުން ބެލެހެއްޓުން
  • މަހުން މަހަށް ވައުޗަރ ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން
  • މަހުން މަހަށް ތައްޔާރުކުރަންޖެހޭ ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯޓް ތައްޔާރުކޮށް ވެރިންގެ ސޮއިކުރުމަށްފަހު ފައިލްކުރުން
  • މިކައުންސިލް އިދާރާއިން ތައްޔާރުކުރަންޖެހޭ އާމްދަނީ ފައިސާއާއި، ޚަރަދުކުރި ފައިސާގެ މަސްދުވަހުގެ ރިޕޯޓް އަދި ކޭޝްފްލޯ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުން.
  • މިކައުންސިލް އިދާރާގެ ނަމުގައިވާ ބޭންކް އެކައުންޓްތަކުގެ ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓްތައް މަހުން މަހަށް ތައްޔާރުކޮށް ބެލެހެއްޓުން
  • ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންސިއަލް ޕްލޭނަށް ބިނާކޮށް ކައުންސިލް އިދާރާގެ ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުން
  • އިންވެންޓްރީ ބެލެހެއްޓުމާއި މިކައުންސިލްގެ އިންވެންޓްރީގައި ހުންނަ ތަކެތި އަނބުރާ ދައްކާގޮތަށް / ކުއްޔަށް އެކިއެކި ފަރާތްތަކަށް ދޫކުރުން
  • ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ތައްޔާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް މުއްދަތަށް ފޮނުވުން
  • ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަމާބެހޭ މުއައްސަސާއަށް ފޮނުވުން
  • އިންޓާނަލް އޮޑިޓިންގ ގެ މަސައްކަތްތައް ކުރުން

4. ކައުންސިލުން ހިންގާ ވިޔަފާރިތަކުގެ އެންމެހާ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުން

  • ކައުންސިލްގެ ނަމުގައި ހިންގާ ވިޔަފާރިތަކުގެ ހިސާބުތަކާއި އެހެނިހެން ކަންކަން ބެލެހެއްޓުން
  • މިކައުންސިލާއި އެހެނިހެން ފަރާތްތަކާއި ގުޅިގެން ހިންގާ ވިޔަފާރިތަކުގެ އެންމެހާ ކަންކަން ބެލެހެއްޓުން

5. އޮފީހުގެ މަސައްކަތާއިގުޅޭ ދާއިރާއިން އެ މުވައްޒަފަކާއި ޙަވާލުކުރެވޭ މަސައްކަތްތައް

  • މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން، ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން
  • މިކައުންސިލްގެ  އަޑުގަދަކުރާ މެދުވެރިކޮށް އާއްމުކުރުމަށް ޙަވާލުކުރެވޭ ލިޔުންތައް މިކައުންސިލްއިން ހެދިފައިވާ އެސް.އޯ.ޕީ އާއި އެއްގޮތަށް އާއްމުކުރުން
  • އޮފީހުގައި މަސައްކަތްކުރައްވާ މުވައްޒަފަކު ނެތިގެން އެވަގުތަކަށް މުހިއްމުވެގެން ކުރަންޖެހިއްޖެކަމެއް ކުރުން
  • އޮފީހުގެ މުވައްޒަފަކު ހުރެވެސް، އެވަގުތަކީ އެމުވައްޒަފު ބުރަވަގުތަކަށްވާނަމަ، އެކަމެއް ކުރުމަށް ޒިންމާދާރުވެރިޔާ އެދިއްޖެނަމަ އެކަމެއް ކޮށްދިނުން
  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- އެކައުންޓިންގ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ފައިނޭންސް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް (ކެރިއަރ ފީލްޑްސް):

- އެކައުންޓިންގ

- ފައިނޭންސް

ޕްރިފަރޑް ޑިސިޕްލިން:

ނެތް

ކޯ ޑިސިޕްލިން:

  • އެކައުންޓިންގ
  • ފައިނޭންސް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން (http://www.csc.gov.mv/download/2486) އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު"

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޚާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: - މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 24 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:30 ގެ ކުރިން އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް (info@feridhoo.gov.mv) އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

ޝޯޓް  ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޚާން) އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 24 އޮކްޓޫބަރު 2021 އާއި 28 އޮކްޓޫބަރު 2021 އާ ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ.

އަދި މި މުއްދައްތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ، މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660545 އަށެވެ. އީ-މެއިލް ކުރާނީ info@feridhoo.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" ((http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

 

               8 ރަބިޢުލްއައްވަލް 1443

14 އޮކްޓޫބަރު 2021
ހޯދާ