ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ:IUL10-F/10/2021/181
އިޢުލާން
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ 10 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ މި ޖަލްސާއަށް ވަޑައިގަންނަވާ 1000 ބޭފުޅުންނަށް ރޭގަނޑުގެ ފަރިއްކޮޅެއް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހު ހެނދުނު 9:45 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޯބަރު 2021 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.