ދިވެހިރާއްޖެ
މި ރަށު ބަނދަރުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 1. އަނދާފައި ހުރި ބައްތިތައް ބަދަލުކުރުން
1.1 ނުދިއްލޭ 10 ލައިޓް ނެގުމަށްފަހު މިވަގުތަށް ލިބިފައިހުރި 10 ލައިޓް ބަދަލުކުރުން.
- 2. ސިޑި ސަރަހައްދުގައި ދަވާދުލުން
2.1 އިރުމަތީ ސިޑި ހިމެނޭ ސަރަހައްދުގެ ވާޓަރ މަތީގަ އާއި އަރިބިތުގައި 30 ފޫޓް ދިގުމިނުގެ އޭރިއާއެއް ގައި ދަވާދުލުން.
( މަސައްކަތަށް ބޭނުންވާ ދަވާދު ފޯރުކޮށްދޭނީ ކައުންސިލުންނެވެ)
- 3. ބަނދަރުގެ ގައު އަތުރާފައި ހުރި މަގުގެ މަރާމާތު މަސައްކަތް
3.1 ގައު އެތުރިފައިވާ ސަރަހައްދުގައި ހުރި އަޑި ގުޑަންތައް އެއްވަރު ކުރުން.
- 4. ބަނދަރުގައި ހަރުކުރާ ބޯޑްގެ މަސައްކަތް
4.1 ބަނދަރުގައި ހަރުކުރާ ބޯޑުގެ ގިއުގަނޑު ހެދުން
4.2 ކޮންކްރީޓް ބުޑު އެޅުމަށްފަހު ބަނދަރުގައި ބޯޑް ހަރުކުރުން
(ބޯޑް ހެދުމަށް ބޭނުންވާ އެސްއެސް ހޮޅި ކައުންސިލް އިދާރާއިން ފޯރުކޮށްދެވޭނެއެވެ.)
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ނޮވެންބަރ 2021 ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.