ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/149)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ސެކަންޑް ހޭންޑް ބެކްހޯ ލޯޑަރ ގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން
މި ކޯޕަރޭޝަންގެ ބޭނުމަށް ސެކަންޑް ހޭންޑް ބެކްހޯ ލޯޑަރ އެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން IUL)RDC/RDC/2021/127) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީން އަލުން އިޢުލާންކުރަމެވެ.
ގަންނަން ބޭނުންވާ ވެހިކަލްގެ ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)
2- ހުށަހަޅާ ޕްރޮޑަކްޓްތަކުގެ ޓެކްނިކަލް ޕްރޮޕޯސަލްތައް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރެވޭނެ އެވެ.
3- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
- މައުލުމާތު ޝީޓުގައިވާ ފޯމް ތަކާއި ލިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތައް ފުރިހަމަނުވާ އަދި ސްޕެސިފިކޭޝަން އާއި ދިމާނުވާ އައިޓަމް އަށް ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރެވޭނެ އެވެ.
އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 04 ނޮވެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 12:00 ޖެހުމާއި ހަމަޔަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ހުރިހާ ފަރާތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ. ( ޖަވާބުތައް ބޭނުންފުޅުވާ އިތުރު ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެލް އަކުން އެންގެވުމުން ޖަވާބުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
- މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 31 އޮކްޓޯބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ.
- ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.
- އިއުލާން ނަންބަރ
- ނަން
- ކޮމްޕެނީ ނަން
- ނަންބަރ
- އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް)
ޕްރޮޕޯސަލް ހުށަހެޅޭނީ ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 09 ނޮވެމްބަރ 2021 (އަންގާރަ) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv