ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދިނުމަށް ކުރެވުނު (IUL)413/INDIV/2021/3 ނަމްބަރ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން:

މި އިޢުލާންވަނީ 28 އޮކްޓޫބަރު 2021 10:31 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދިނުމަށް ކުރެވުނު (IUL)413/INDIV/2021/3 ނަމްބަރ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން:

 

           ގއ.ގެމަނަފުށީ ބަނދަރު ސަރަހައްދުގައި ހުންނަ މަސްމާރުކޭޓް އިމާރާތް ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާން ނަމްބަރ (IUL)413/INDIV/2021/3 ގައި ކުށެއް ލިޔެވިފައިވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

 

           އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ބިޑުގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ gemoffice@gmail.com ނުވަތަ ކައުންސިލް އިދާރާއަށެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ބައިވެރިވުމަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

           ޕްރީބިޑް މީޓިން އޮންނާނީ 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑުގައި ރަޖިސްޓްރީ ކުރައްވާފައިވާނަމަ ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނެއެވެ.

ބިޑް ހުށަހެޅުން އޮންނާނީ  16 ނޮވެމްބަރ 2021  ވާ އަންގާރަ ދުވަހުގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މިވަނީއެވެ.

-          ހުށަހަޅާ އެންމެ މަތީ އަގަށް 100 މާރކްސް

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮކްޓޫބަރު 2021
ހޯދާ